ވިޔަފާރި

ސަބްސިޑީއާ އާސަންދައިގެ ހޭދަ އިތުރު ވެއްޖެ

May 6, 2020
1

މި އަހަރުގެ ބަޖެޓުން، ދައުލަތުގެ ސިއްހީ ނިޒާމް، އާސަންދަ އާއި ސަބްސިޑީ ދިނުމަށް ކުރި ހޭދަ ވަރަށް ބޮޑަށް އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ އިން 415.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު އާސަންދަ އަށް ހޭދަ ކޮށްފައިވާ 239.0 މިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ބަޖެޓުން އާސަންދަ އަށް ހޭދަ ކުރަން ހުށަހަޅާފައިވަނީ 950.8 މިލިއަން ރުފިޔާ އެވެ.

އާސަންދައިގެ ހޭދަ އިތުރުވީއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެންނަން ސަރުކާރުން ދަނީ މި ދާއިރާ އިން ބޮޑު ހޭދައެއް ކުރަމުންނެވެ.

ފިނޭންސުގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މި މުއްދަތުގައި ސަބްސިޑީގެ ގޮތުގައި 506.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ސަބްސިޑީގެ ގޮތުގައި ހޭދަކޮށްފައިވަނީ 271.1 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓުން ސަބްސިޑީއަށް 1,049.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ސަރުކާރުން ދަނީ ގިނަ ދާއިރާ އަކުން ސަބްސިޑީ ދެމުންނެވެ. ރާއްޖޭގައި ކާޑުގެ ބާވަތްތަކާއި ކަރަންޓު އަދި ތެލުގެ ސަބްސިޑީ ވެސް ދެ އެވެ.