ވިޔަފާރި

ނޭޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަންއަކަށް ޒަރިޔަންދު

Mar 20, 2020
5

ނޭޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަން ކަމަށް ކުރީގެ މަޝްހޫރު ގޯލް ކީޕަރު އަދި އޮޑިޓިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އިސްމާއިލް ޒަރިއަންދު ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތެރޭގައި އޮންނަ ޓެންޑަ ބޯޑުގައި އަށް މެންބަރުން ތިއްބަވަ އެވެ. ޒަރިޔަންދު އެ ބޯޑަށް ހަމަޖައްސާފައިވަނިީ ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާ ޓެންޑަ ބޯޑަށް އައްޔަން ކުރައްވާފައިވަނީ މި މަހުގެ ކުރީ ކޮޅެވެ.

ޒަރިޔަންދަކީ ރާއްޖޭގައި ތިބި ތަޖުރިބާ ކާރު އޮޑިޓަރުގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ ސަރުކާރަށް ހިދުމަތް ކުރާތާ 32 އަހަރު ވަނީ ވެފަ އެވެ. މި ދުވަސްތަކުގެ ބޮޑުބައިގައި އުޅުއްވާފައިވަނީ ފައިނޭންސް އާ ގުޅުންހުރި ދާއިރާތަކުގަ އެވެ. ފިޝަރީޒް މިނިސްޓްރީގައިވެސް މަސައްކަތް ކުރައްވާފައިވެ އެވެ. މިގޮތުން މީގެ ކުރިން ބިޑް ތަކުގައި ދިމާވާ މައްސަލަތައް އިންވެސްޓިގޭޓް ކުރާ ބައިގެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.