ހަބަރު

ކެތު ލެބްގެ ހިދުމަތް ޓްރީ ޓޮޕުގައި އަލުން ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓްގައި ދެމުން އައި ކެތު ލެބްގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ހިދުމަތް ދޭން ފަށައިފި އެވެ. ހިދުމަތް އަލުން ފެށީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

މި ހިދުމަތް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. ދިނޭޝް މުރްގަދާސް އެވެ. ހިދުމަތް ފޯރުކޮށްދިނުމުގައި ކޮންސަލްޓަންޓް އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ. އަމިތު އަގްރަވާލް، އައި ހުނަރުވެރި ޓެކްނީޝަނުންނާއި އެނެސްތެޓިސްޓުން އަދި ނަރުހުންގެ ޓީމެއް ބައިވެރިވެ އެވެ.

ކެތު ލެބްއަކީ ހިތުގެ މައްސަލަތައް ތަޙްލީލްކޮށް ޓެސްޓު ހެދުމަށް ޙާއްސަ ކޮށްފައިވާ ޔުނިޓެކެވެ. މި ޔުނިޓް އަލުން ހުޅުވީ ކާމިޔާބުކަމާއިއެކު ފުރިހަމަކުރެވުނު ކޮރޯނަރީ އެންޖިއޮގްރާމްއަކުންނެވެ. ކޮރޯނަރީ އެންޖިއޮގްރާމަކީ ހިތުގައި އެއްވެސް ބަލި ކަމެއް އަދި ހިތުގެ ނާރުތަކުގައި ލޭ ދައުރުކުރާ މިންވަރުގައި އެއްވެސް ހީނަރު ކަމެއްވޭތޯ ބެލުމަށް ހަދާ ހާއްސަ ޕްރޮސީޖާ އެކެވެ.

ކެތު ލެބުން ލިބޭ ހިދުމަތްތައް

  • ކޮރޯނަރީ ރޭޑިއަލް އެންޖިއޮގްރަފީ
  • ކޮރޯނަރީ ފެމޮރަލް އެންޖިއޮގްރަފީ
  • އެންޖިއޮޕްލާސްޓީ
  • ކޮރޯނަރީ ރޭޑިއަލް އެންޖިއޮގްރަފީއާއެކު އެންޖިއޮޕްލާސްޓީ
  • ކޮރޯނަރީ ފެމޮރަލް އެންޖިއޮގްރަފީ އާއެކު އެންޖިއޮޕްލާސްޓީ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖްރިބާކާރު ހިތުގެ ޑޮކްޓަރުންނަކީ ހިތުގެ ބަލިތަކުގެ ޓެސްޓްތަކާއި ފަރުވާ އެންމެ ޒަމާނީ އާލާތްތަކާއި މެޝިނަރީގެ އެހީގައި ފޯރުކޮށްދެމުންގެންދާ ހުނަރުވެރި ޑޮކްޓަރުންތަކެކެވެ. އަދި މި ހޮސްޕިޓަލުގެ އަމާޒަކީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް އާންމުންނަށް ހެޔޮ އަގުތަކެއްގައި ފޯރުކޮށްދިނުމެވެ. ކެތުލެބުގެ ހިދުމަތް ހޯދަން ގުޅާނީ 3351610 ނަމްބަރަށެވެ.