ވިޔަފާރި

ސިމްޑީގެ އުފެއްދުންތައް ގެއާ ހަމައަށް

Mar 24, 2020

ސިމްޑީ ކުންފުނީގެ ގިނަ އުފެއްދުންތައް ގެއާ ހަމައަށް ގެންގޮސް ދިނުމުގެ ހިދުމަތް ފަށައިފި އެވެ.

ސިމްޑީ ކުންފުނިން ބުނި ގޮތުގައި ގޭގައި މީހުން ތިބެން ހިތްވަރު ދިނުމުގެ ގޮތުން ސިމްޑީގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް ގެއާ ހަމައަށް ގެންގޮސް ދޭނެ ކަމަށެވެ.

ސިމްޑީން ގެއާ ހަމައަށް ގެންގޮސްދޭ ބާވަތްތަކުގެ ތެރޭގައި އެ ކުންފުނިން ވިއްކާ ދިލްމާ ސައިފަތާއި ކިރުގެ ބާވަތްތަކުގެ އިތުރުން އެހެން ގިނަ އުފެއްދުންތައް ހިމެނެ އެވެ.