ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުނި މެނޭޖް ކުރުން

ކުނި ބަންދު ކުރުމުގައި ސަމާލުވާން އިލްތިމާސް ކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކުނި ބަންދު ކުރުމުގައި ގޭބިސީތަކުން އިތުރު ސަމާލު ކަމެއް ދިނުމަށާއި ކުނި ބަންދުކޮށްފައިވާ ކޮތަޅު އިތުރު ކޮތަޅަކަށް ލާފައި ބެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދިއްޖެ އެވެ.

ވެމްކޯގެ އިއުލާނެއްގައި ބުނެފައިވަނީ ކުނި ކޮތަޅު ބަންދު ކުރުމުގައި އެޗްޕީއޭ އިން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކުނި ނެގުމާއި ކުނި އުކުމާ ގުޅޭ ގޮތުން ނެރެފައިވާ "މުނިސިޕަލް ވޭސްޓް މެނޭޖްމެންޓް ޕްލޭން" އާ އެއް ގޮތަށް ގޭބިސީތަކުން އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ ޕްލޭންގައިވާ ގޮތުގެ މަތިން ކުނި ބަންދު ކުރާއިރު ކުނި އަޅާ ކޮތަޅު އެހެން ކޮތަޅަކަށް ލައި ބަންްދު ކުރުމަށް ވެމްކޯއިން އެދެ އެވެ. އަދި ކުނި ބަންދު ކުރުމުގައި ލީކުވާނެ އެއްޗެއްވާނަމަ އެފަދަ އެއްޗެއް ލީކު ނުވާނެ ފަދަ ގޮތަކަށް ކޮތަޅު ބަންދު ކުރުމަށް ވެސް އެދިފައި ވެއެވެ. އަދި ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް ދިރިއުޅޭ ގޭބިސީއެއް ނަމަ ގޭބިސީގެ ބޭރުން ކުނި ކޮތަޅު ނެގޭނެ އިންތިޒާމެއް ހަމަޖައްސާފައި ބެހެއްޓުމަށް ވެސް އެދިފައި ވެއެވެ.

އިތުރަށް ވެމްކޯއިން ބުނީ އެޗްޕީއޭގެ އެ އެންގުންތަކަށް އަމަލު ނުކުރާ ގޭބިސީތަކުގެ ކުނި ބަލައި ނުގަތުމުގެ އިހްތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.