ހަބަރު

ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއެއް ހައްޔަރު ކޮށްފި

ބައިސްކަލެއްގެ ވަށިގަނޑަށް އަޅައިގެން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި ގިނަ އަދަދެއްގެ ފައިސާ ބިދޭސީ އެއްގެ އަތުން އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ، 55 އަހަރު އިންޑިއާ އަށް ނިސްބަތްވާ މީހާގެ އަތުން ބަންގުރާ ކަމަށް ބެލެވޭ ފުޅިތައް އަތުލައިގެންފައިވަނީ ވަން ވޭ އާ ހިލާފަށް ބައިސްކަލުގައި ދަނިކޮށް ޝައްކުވެގެން ކަމަށެވެ. އަދި އެ މީހާ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލުމުން އޭނާގެ ބައިސްކަލު ވަށިގަނޑުގައި އޮތް ދެ ކޮތަޅުން ބަނގުރާ ކަމަށް ބެލެވޭ 10 ފުޅިއާއި ގިނަ އަދަދެއްގެ ފައިސާ ފެނުނު ކަމަށެވެ.

ބިދޭސީ މީހާގެ އަތުގައި ހުރި ފައިސާގެ އަދަދު ފުލުހުން ހާމަ އެއް ނުކުރެ އެވެ.

އޭނާގެ އަތުގައި މުއްދަތު ހަމަނުވާ ވޯކް ޕާމިޓެއް އޮތް ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.