ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މޯލްޑިވިއަން، ކާބޯތަކެތީގެ ޝިޕްމަންޓާއެކު ރާއްޖެއަށް

Mar 29, 2020
1

ބާޒާރުގައި ހުސްވެފައިވާ ތަރުކާރީ އާއި މޭވާ ހިމެނޭ ގޮތަށް 10 ޓަނުގެ މުދާ މޯލްޑިވިއަންއިން ރާއްޖެ ގެނެސް ދީފި އެވެ.

ބާޒާރުގައި ބައެއް ތަކެތި ހުސްވެފައި ވަނިކޮށް މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކެއްގައި މިއަދު ގެނެސް ދީފައިވާ ތަކެތީގެ ތެރޭގައި ތަރުކާރީ އާއި މޭވާގެ އިތުރުން މި ވަގުތަށް ރާއްޖެއަށް ބޭނުންވާ ބޭސް ވެސް ހިމެނެ އެވެ. މި ތަކެތި އެ ކުންފުނިން ގެނެސްފައިވަނީ ސްރީލަންކާއިންނެވެ.

ރާއްޖޭގެ ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު މުދާ އެތެރެ ކުރަން މިއަދުން ފެށިގެން އެ ކުންފުނިން ގިނަ ދަތުރުތަކެއް ބާއްވަން ވަނީ ނިންމާފަ އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ ބުދަ ދުވަހު ކާގޯ ފްލައިޓް އޮންނާނީ ޓްރިވެންޑްރަމް އާއި ޗެންނާއީއަށް ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ބެންކޮކް އާއި ދުބާއީއަށް ވެސް ފްލައިޓް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ ލޮކްޑަރުން ކުރުމާއި ރާއްޖޭގެ އެއާޕޯޓް ބަންދު ކޮށްފައިވުމުން ރާއްޖެއަށް ބޭނުންވާ ގިނަ ބާވަތް ތަކެއް ލިބުން ވަނީ ހުއްޓިފަ އެވެ. ބާޒާރުން ހުސްވެފައިވާ ބާވަތްތަކުގެ ތެރޭގައި ކެޕްސިކަމް އާއި ބެލްޕެޕާ އާއި ތޮޅި ހިމެނެ އެވެ. މީގެ އިތުރުން ރާއްޖެއަށް އިމްޕޯޓް ކުރާ ފެހި ބައެއް ބާވަތްތަކާއި ފަތް ވެސް ހިމެނެ އެވެ.

މޯލްޑިވިއަންގެ އިތުރުން ސްރީލަންކަން އެއާލައިންސް އިންވެސް ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެ ކުރަން އަންނަ މަހުގެ 31 ގައި ޗާޓަރު ފްލައިޓެއް ބާއްވާނެ އެވެ.