ވިޔަފާރި

މިފްކޯގެ މަސް ދަޅު ކޭސް ގެއަށް ގެންގޮސް ދެނީ

Mar 30, 2020

ކޮވިޑް-19 އާ ގުޅިގެން ގޭގައި މީހުން ބޭތިއްބުމުގެ ގޮތުން، މިފްކޯ އިން ވިއްކާ މަސް ދަޅު ކޭސް ގެއަށް ގެންގޮސް ދޭން ފަށައިފި އެވެ.

މިފްކޯ އިން ބުނީ އާންމުންނަށް މަސް ދަޅު ޑެލިވަރީ ހިދުމަތް ދޭނީ އައުޓްސޯސްކޮށްގެން ކަމަށެވެ. އެ ކުންފުނިން ބުނީ މިފްކޯ އިން ގަންނަ އެންމެ މަސްދަޅު ކޭހެއް ނަމަވެސް، ގެއާ ހަމަ އަށް ގެންގޮސް ދޭނެ ކަމަށެވެ.

ސަރުކާރުގެ މަސް ކުންފުނިން ދަޅު މަސް ފޯރުކޮށް ދިނުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން ރޭގަނޑު 21:00 އަށެވެ. އަދި އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން ގުޅާނީ 7818886 އަށެވެ. މި ނަމްބަރަށް ވައިބާ ކުރުމުން ވެސް ދަޅު މަސް ފޯރުކޮށްދޭނެ އެވެ.

މިފްކޯ އިން ވަނީ ރާއްޖެ އަށް ބޭނުންވާ ވަރަށް މަސް ދަޅު ލިބޭނެ ކަމަށް ބުނެފަ އެވެ.