ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

ގާނޫނާ ހިލާފަށް މުވައްޒިފުން ވަކިކުރާނަމަ ފިޔަވަޅު އަޅާނަން: ޓޫރިޒަމް

ގާނޫނާ ހިލާފަށް މުވައްޒިފުންނާމެދު އަމަލުކުރާ ރިސޯޓްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 ގެ ސަބަބުން ވަރަށް ގިނަ ރިސޯޓްތަކުގެ އޮޕަރޭޝަން ހުއްޓާލަން ނިންމުމުން، ގާނޫނާއި ހިލާފަށް ބައެއް މުވައްޒިފުންނަށް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާ، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

އަދި ރިޒޯޓްތަކުގައި ވަޒީފާ އަދާކުރަމުންދާ ބޭރު ގައުމުތަކުގެ މުވައްޒިފުން އެމީހުންގެ ފްލައިޓް ކޮންފާމްވެސް ނުވަނީސް އެއާޕޯޓަށް ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"..ބައިނަލްއަގްވާމީ ކާރިސާއެއް ތަޖުރިބާ ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުންވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރެއްވުމަށް މި މިނިސްޓްރީން އަންގަމެވެ. ހަމަ އެެހެންމެ، ކޮންފާމް ފްލައިޓެއް ނެތި އެއްވެސް ބޭރު މުވައްޒަފަކު ނުވަތަ ފަތުރުވެރިއަކުވިޔަސް ވެލާނާ އިންޓަނޭޝަަލް އެއާޕޯޓަށް ނުފޮނުވުމަށް ދެންނެވީމެވެ."

އެ މިނިސްޓްރީން ބުނީ އެ އެންގުމާ ހިލާފަށް ގާނޫނާ ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މިހާރުވެސް 11،000 ވުރެ ގިނަ މުވައްޒިފުން ނޯޕޭގައި ޗުއްޓީއަށް ފޮނުވާލާފައިވާ ކަމަށް ބައެއް ޖަމިއްޔާތަކުން ވަނީ ބުނެފައެވެ. ރާއްޖޭގައި ހިންގާ ބައެއް ރިސޯޓްތަކުން ވަނީ ފުލް މުސާރައާއެކު އަދި މުސާރައިގެ ދެބައިކުޅަ އެއްބައި ލިބޭ ގޮތަށް މުވައްޒިފުން ޗުއްޓީއަށް ފޮނުވާފައެވެ.