ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ދަތުރު ޔަގީންނުކޮށް ފަތުރުވެރިން އެއާޕޯޓަށް ނުގެންދަން އަންގައިފި

ދަތުރު ޔަގީންނުކޮށް ފަތުރުވެރިން އެއާޕޯޓަށް ނުގެންދަން ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުންވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރެއްވުމަށް އަންގާ ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން ވަރަށް ގިނަ ރިސޯޓްތަކުގެ އޮޕަރޭޝަން ހުއްޓާލަން ނިންމުމުން، ގާނޫނާއި ހިލާފަށް ބައެއް މުވައްޒިފުންނަށް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާ، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ރިޒޯޓްތަކުގައި ވަޒީފާ އަދާކުރަމުންދާ ބޭރު ގައުމުތަކުގެ މުވައްޒިފުން އެމީހުންގެ ފްލައިޓް ކޮންފާމްވެސް ނުވަނީސް އެއާޕޯޓަށް ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން ކޮންފާމް ފްލައިޓެއް ނެތި އެއްވެސް ބޭރު މުވައްޒަފަކު ނުވަތަ ފަތުރުވެރިއަކުވިޔަސް ވެލާނާ އިންޓަނޭޝަަލް އެއާޕޯޓަށް ނުފޮނުވުމަށް ވަނީ އެދިފައެވެ.

"..ބައިނަލްއަގްވާމީ ކާރިސާއެއް ތަޖުރިބާ ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުންވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރެއްވުމަށް މި މިނިސްޓްރީން އަންގަމެވެ. ހަމަ އެެހެންމެ، ކޮންފާމް ފްލައިޓެއް ނެތި އެއްވެސް ބޭރު މުވައްޒަފަކު ނުވަތަ ފަތުރުވެރިއަކުވިޔަސް ވެލާނާ އިންޓަނޭޝަަލް އެއާޕޯޓަށް ނުފޮނުވުމަށް ދެންނެވީމެވެ."

އެ މިނިސްޓްރީން ބުނީ އެ އެންގުމާ ހިލާފަށް ގާނޫނާ ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.