ފޮރިން މިނިސްޓްރީ

އިންޑިއާގައި ތިބި ދިވެހި 144 އާއިލާއަށް ކެއާ ޕެކޭޖް

ތިރިވަނަންތަޕޫރަމްއާ ކޮޗިންގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުން ހުޅުވާލި ފުރުސަތުގައި 144 އާއިލާއަކުން ތަކެތި ހަވާލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މާދަމާ ތިރިވަނަންތަޕޫރަމް އަށް މޯލްޑިވިއަންއިން ދަތުރުކުރުމަށް ހަމަޖެހިފައިވާތީ ދިވެހި އާއިލާތަކަށް ތަކެތި ފޮނުވުމުގެ ފުރުސަތު ހުޅުވާލުމުން 154 އެޕްލިކޭޝަން އެޕްރޫވް ކުރެވުނު ކަމަށެވެ. އޭގެ ތެރެއިން 144 އާއިލާއަކަށް ފޮނުވުމަށް ކެއާ ޕެކޭޖް ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ 600 އާއިލާއަކަށް ފުރުސަތު ދިނުމަށް ހުޅުވާލާފައެވެ. އެގޮތުން ކޮންމެ އާއިލާއަކަށް 15 ކިލޯ ފޮނުވުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުން މީގެ ކުރިން ލަންކާ އަދި މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށްވެސް ތަކެތި ފޮނުވުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.