މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޝަރީފްއާ ކަސްޓަމްސް ހަވާލުކޮށްފި

ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން އަވަހާރަވުމާއި ގުޅިގެން ކަސްޓަމްސްގެ ހިންގުން ވަގުތީ ގޮތުން އެހެން ބޭފުޅަކާ ހަވާލު ކުރައްވައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނީ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަންދެން ކަސްޓަމްސް ހިންގެވުމާއި ހަވާލުވެ ހުންނަވާނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ކަމަށެވެ.

ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން އަވަހާރަވީ މިމަހުގެ ހަތްވަނަ ދުވަހުގެ ރެއެވެ.

އިންޑިއާގެ ބެންގަލޫރުގައި ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނުއުމާން އަވަހާރަވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއްވަންދެން އުޅުއްވާފައެވެ.