ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

އިތުރު 205 ދިވެއްސަކު ރާއްޖެ ގެނެސްފި

ރާއްޖެ ނާދެވި ތިބި ދިވެހިންގެ ތެރެއިން ޓްރިވެންޑްރަމްގައި ތިބި 205 މީހަކު މިއަދު މާލެ ގެނެސްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ހުއްޓިފައިވާތީ ވަރަށް ގިނަ ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ނާދެވިފައި ވެއެވެ. އެ އެންމެން ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ފުރުސަތު ލިބޭ މިންވަރަކުން ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ އެހީގައި ދިވެހިން ގެނައުމަށް ދަތުރުތަކެއް ވެސް ވަނީ ފަށާފަ އެވެ.

އެގޮތުން އިންޑިއާގެ ޓްރިވެންޑްރަމްއަށް މިއަދު ވަނީ މޯލްޑިވިއަންގެ ދެ ފްލައިޓް އުދުހިފައެވެ. އެ ދެ ފްލައިޓުން 205 މީހަކު ވަނީ ރާއްޖެ ގެނެސްފައެވެ. އެ ހުރިހާ އެންމެންވެސް 14 ދުވަހަށް ކަރަންޓީނަށް ގެންދާނެއެވެ.

މީގެ ކުރިން މޯލްޑިވިއަންއިން ވަނީ އިންޑިއާގައި ތިބި ދިވެހިންގެ ތެރެއިން 200 މީހަކު ގެނެސްފަ އެވެ. އަދި ސްރީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 މީހަކު ވެސް ގެނެސްދިނެވެ. މީގެ އިތުރުން މެލޭޝިޔާއިން 197 މީހުން ވަނީ ރާއްޖެ ގެނެސްފައެވެ.

މޯލްޑިވިއަންއިން ވަނީ އަދިވެސް އިންޑިއާ، ލަންކާ އަދި މެލޭޝިޔާއަށް ދަތުރުތަކެއް ކުރުމަށް ނިންމާފަ އެވެ. އަދި އެނޫން ގައުމުތަކުގައި ތިބި ދިވެހިން ވެސް ރާއްޖެ ގެނެވެންދެން ނުވަތަ އެ މީހުންނަށް ރާއްޖެ އާދެވޭނެ މަގެއް ފެންނަން ދެން ދިވެހިން ގެނައުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފަ އެވެ.