ހަބަރު

ސަލާމް ބުނާ މެޖިސްޓްރޭޓަކަށް ނަސޭހަތް ދެނީ

Apr 13, 2020
1

ބ. ދަރަވަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ލަތީފު އުސޫލާ ހިލާފަށް ކޯޓަށް ސަލާމް ވިދާޅުވާތީ އޭނާއަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ސަލާމް ބުނުމުގެ އުސޫލާ ހިލާފަށް ލަތީފު ސަލާމް ވިދާޅުވަމުން ގެންދާ ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއެއް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބެލި ބެލުމުގައި، ކަމާ ގުޅޭ ގާނޫނުތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަޑާ ހިލާފަށް ސަލާމް ވިދާޅުވާ ކަމަށް ހާމަވެފައިވާ ކަމަށެވެ.

އެހެން ކަމުން، ދަރަވަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު ލަތީފަށް ނަސޭހަތް ދިނުމާއެކު، ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަން ލަތީފަށް އެންގަން އެ ކޮމިޝަނުގެ މެންބަރުން ނިންމާފައިވާ ކަމަށެވެ.