ވިޔަފާރި

ރެޑްވޭވުން ފިޔާ އަގުހެޔޮކޮށް، ބަދިގޭ ސާމާނު ގެނެސްފި

Apr 14, 2020
1

އާއްމުންނަށް ބޭނުންވާ ގިނަ ބާވަތްތަކުގެ ސާމާނު އަގު ހެޔޮކޮށް، ވިއްކާ ރެޑްވޭވުން ފިޔާގެ އަގު ހެޔޮކޮށް، ބަދިގެއަށް ބޭނުންވާ ސާމާނުގެ އާ ރޭންޖެއް ގެނެސްފި އެވެ.

ރެޑްވޭވުން ފިޔާގެ އަގު ހެޔޮ ކުރުމާއެކު ރަތް ފިޔާ ކިލޯއެއް މިހާރު ވިއްކާނީ 11ރ. އަށެވެ. އެ ކުންފުނިން ފިޔާގެ އަގު ހެޔޮކޮށްފައި މިވަނީ އާ ޝިޕްމަންޓެއް ގެނައުމާ ގުޅިގެންނެވެ.

ރެޑްވޭވުން ބުނީ ރޯދަ މަހާ ދިމާކޮށް ގިނަ އަދަދެއްގެ ބަދިގެ ސާމާނާއި ކާގޭގައި ބޭނުންކުރާ ސާމާނެއް ވެސް ގެނެސް، ވިއްކަން ފަށާފައިވާ ކަމަށާ، މި ބާވަތްތަކަކީ ރާއްޖޭގެ މާކެޓުގައި ހުރި އެންމެ އަގުހެޔޮ ރޭންޖަށް ވާނެ އެވެ. މީގެ އިތުރުން ރޯދަމަހާއި ދިމާކޮށް ކާގޭގައި ބޭނުން ކުރާ ސާމާނު ރެޑްވޭވުގެ ފިހާރަ ތަކުން ރާއްޖޭގެ މާކެޓުގައި ވިއްކަމުންދާ ކަމަށް ބުނެފައިވެ އެވެ.

ރެޑްވޭވުން ދަނީ ރޯދަމަހާ ދިމާކޮށް ގެ އަށް ބޭނުންވާ ގިނަ ބާވަތް ތަކެއް ވެސް ގެނެސް ވިއްކަމުންނެވެ. މިގޮތުން ވިއްކާ ސާމާނުގެ ތެރޭގައި އައިސް އަލަމާރި އާއި ދޮންނަ މެޝިން އަދި ޑީފްރީޒާ އާއިި އޭސީ އަދި ރައިސް ކުކާ އާއި އެއާ ޕިޔުރި ފަޔާ ފަދަ އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެ އެވެ. މީގެ އިތުރުން ޝާޕް ބްރޭންޑުން ލިބިގެން ދާނެ އެވެ. އަދި ޝާޕް ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ރެޑްވޭވް އެވެ.

ރެޑްވޭވުން އިތުރަށް މައުލޫމާތު ދިން ގޮތުގައި ކުންފުނީގެ ވެބްސައަޓް ވަރަށް އަވަހަށް ލޯންޗުގެ ރެޑްވޭވްގެ މުދާ ކަސްޓަމަރުންނަށް ފަސޭހައިން ގަނެވޭނެގޮތް ހަމަޖެހިގެން ދާނެ އެވެ. ރެޑްވޭވްއަކީ ގިނަ އަދަދެއްގެ މުދާ އެއްތަނަކުން ކަސްޓަމަރުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އަދި މިހާރު ރެޑްވޭވްގައި ކުރި އަށް ދާ ރޯދަސޭލްގައި ކުރައްވަވާ ކޮންމެ 500 ރުފިޔާ އަށް ލިބޭ ކޫޕަނުން 100،000 ރުފިޔާ އަދި އިތުރު އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.