ވިޔަފާރި

މިދިޔަ އަހަރު 76 މިލިއަން ރުފިޔާގެ ވަކި ލާރި ދައުރުވި

May 3, 2020

މިދިޔަ އަހަރު ރާއްޖޭގެ ސާކިއުލޭޝަންގައި 76 މިލިއަން ރުފިޔާގެ ވަކި ލާރި، ދައުރު ވެފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ރިޕޯޓުގައި ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރު 76.9 މިލިއަން ރުފިޔާގެ ވަކި ލާރި އާއި 3.5 ބިލިއަން ރުފިޔާގެ ނޫޓު ވަނީ އިގްތިސޯދުގައި ދައުރުވެފަ އެވެ. އަދި މިދިޔަ އަހަރު އިގްތިސޯދުގައި ނޯޓު ދައުރުވީ އަދަދު ވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު ތިން ޕަސެންޓު އިތުރުވުމެއް އައިސްފަ އެވެ.

މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އިގްތިސާދުގެ ތެރޭގައި ދައުރުކުރި ވަކި ލާރީގެ އަދަދު ވަނީ 2018 އަޅާބަލާއިރު ހަ ޕަސެންޓް އިތުރުވެފަ އެވެ. މިއީ ރެކޯޑު އިތުރުވުމެއް ކަމަށް ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ދަނީ ރާއްޖޭގެ ސާކިއުލޭޝަނަށް ބޭނުންވާ ވަރަށް ނޫޓާއި ވަކި ލާރި ފޯރުކޮށްދެމުންނެވެ. މިގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ހާއްސަކޮށް ގިނަ އަދަދަކަށް ބޭނުންވާ ވަކި ލާރި ފޯރުކޮށްދެމުންނެވެ. އެ އޮތޯރިޓީން މި ހިދުމަތް ކުރިން ދެމުން ގޮސްފައިވަނީ ވަކި ލާރި ބޭނުން ވެގެންދާ މީހުންނަށް މެނުއަލްކޮށް ދީގެންނެވެ. ނަމަވެސް 2017 ވަނަ އަހަރު އެމްއެމްއޭ އިން ވަނީ ވަކި ލާރި ނެގޭ މެޝިނެއްގެ ހިދުމަތް ފަށާފަ އެވެ.