ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދުބާއީ އިން މެޑިކަލް ސާމާނު ގެނެސްފި

ކޮވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންވާ ބައެއް މެޑިކަލް ސާމާނު ދުބާއީ އިން މިރޭ ގެނެސްފި އެވެ.

މި މިތަކެތި ގެނައީ މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ. މޯލްޑިވިއަން އިން ބުނީ މި ފްލައިޓުގައި 5،000 ކިލޯގެ މެޑިކަލް ސާމާނު ގެނެސްފައިވާ ކަމަށެވެ. މިއީ ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ބޭނުންވާ ސާމާނެވެ.

މޯލްޑިވިއަން އިން ދަނީ އިންޑިއާ އާއި ސްރީލަންކާ އަދި ބެންކޮކް އަށް ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ. އެއީ ރާއްޖެ އަށް ބޭނުންވާ ޒަރޫރީ މުދާ ގެނައުމެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތްވެސް މޯލްޑިވިއަން އިން ދިޔައީ ކުރަމުންނެވެ. އެގޮތުން، އިންޑިއާ ސްރީލަންކާ އަދި މެލޭޝިއާ އަށްވެސް ރެސްކިއު ފްލައިޓުތައް ބާއްވާ ދިވެހިން ގެނަ އެވެ. އަދިވެސް ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ބޭރުގައުމުތަކުގައި ތިބި އިރު މިހާރު ވަނީ މި ދަތުރުތައް މެދުކަނޑާލާފަ އެވެ. މާލެ ލޮކްޑައުން ކުރުމާ ގުޅިގެން އެތެރޭގެ އުދުހުންތައްވެސް ވަނީ ހުއްޓާލާފަ އެވެ.

މާލެ އިން ކޮވިޑް-19 އަށް ޕޮސިޓިވްވި ކޭސް އެއް ފެނި ވައިރަސް ފެތުރެން ފެށުމާއެކު މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފަ އެވެ.