ބަންގްލަދޭޝް

އަސްކަރީ ބޯޓްގައި ފޮނުވާލީ 68 ބިދޭސީން

Apr 21, 2020

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 68 މީހަކު އަނބުރާ ފޮނުވާލައިފި އެވެ.

އެމީހުން ރާއްޖެއިން ފުރީ އިއްޔެ ރާއްޖެ އައި ބަންގްލަދޭޝްގެ އެއާފޯސްގެ މަތިންދާބޯޓުގަ އެވެ. މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވަން ފޮރިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެންގާ ހިންގާ ޕްރޮގްރާމްގެ ބައެކެވެ.

ބަންގްލަދޭޝްގެ އެއަފޯސް މަތިންދާބޯޓު އިއްޔެ ރާއްޖެ އައީ ބަންގްލަދޭޝް އަދި ނޭޕާލްގައި ތިބި 71 ދިވެހިން ގޮވައިގެނެވެ. ރާއްޖެ އައި ދިވެހިންގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުންދާ ދަރިވަރުންނެވެ. އެ ދަރިވަރުން ރާއްޖެ އައީ ކޮވިޑް-19 އާ ގުޅިގެން މަހަކަށް ވުރެ ގިނަ ދުވަސް އެ ގައުމުތަކުގައި ތާށިވެފައި ތިބުމަށް ފަހު އެވެ.

އެ ދިވެހިންގެ އިތުރުން ކޮވިޑް-19 އިގެ މަސައްކަތުގައި އެހީތެރިވުމަށް 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވެސް ރާއްޖެ ގެނަ އެވެ.