ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ދެ މަހަށްފަހު ކުރެއްދޫއަށް އަރާ ފޭބުމުގެ ހުއްދަ ދީފި

ކުރެއްދޫ އައިލެންޑް ރިސޯޓަށް މީހުން އަރާ ފޭބުމުގެ ހުއްދަ އެޗްޕީއޭއިން ދީފި އެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެނބުރި ގައުމަށް ދިޔަ ފަހުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒިފުން އެ ރިސޯޓުން ނުފޭތި ތިބޭތާ ދެ މަހެއްހާ ދުވަސް ވަނީ ވެފައެވެ. އެޗްޕީއޭއިން ބުނީ ކުރެއްދޫ ކޭސްއަކީ ތަފާތު ކޭސްއެއް ކަމަށާ އެ ރިސޯޓުން މީހުންނަށް ފޭބޭނީ ހުރިހާ މުވައްޒިފުން ޓެސްޓް ކުރުމަށް ފަހު ކަަމަށެވެ.

ކުރެއްދޫގައި ތިބީ 649 މީހުންނެވެ. އެ ހުރިހާ އެންމެންގެ ސާމްޕަލްތައް ވަނީ ނަގާފައެވެ. އަދި އައިޖީއެމްގެ ލެބްގެ އިތުުރުން ޕޮލިސް ލެބްގައި އެ ސާމްޕަލްތައް ވަނީ ޓެސްޓްކޮށްފައެވެ. ރަަށް ހުޅުވާލީ ހުރިހާ ސާމްޕަލެއް ނެގެޓިވް ވުމުންނެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ސޮއިކުރައްވާ މިއަދު ކުރެއްދޫގެ ޖެނެރަލް މެނޭޖަރަށް ފޮނުވި ސިޓީގައި މިއަދުން ފެށިގެން އެރަށަށް މީހުން އެރުމާއި ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.