ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލިންބަގްގެ އެހީގަައި 60،000 މާސްކް ދީފި

ލިންބަގް ހޯލްޑިންގެ ފައުންޑަރު ކަޗޮކްގެ ފަރާތުން ރާއްޖެއަށް 60،000 ސާޖިކަލް މާސްކް ހަދިޔާ ކޮށްފި އެވެ.

މި މާސްކްތައް މިއަދު ވަނީ ނެޝަނަލް އިމާޖަންސީ ސެންޓަރަށް ހަވާލު ކޮށްފަ އެވެ. ލިންބަގްގެ ފައުންޑަރުގެ ފަރާތުން މި ތަކެތި ހަވާލު ކޮށްދެއްވީ ގްރޭންޑާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. ގްރޭންޑާ އިންޓަނޭޝަނަލްއަކީ ލިންބަގްގެ ފައުންޑާގެ ހިއްސާ އޮވެގެން ރާއްޖޭގަައި ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

މި ތަކެއްޗާ އެންއީއޯސީގެ ފަރާތުން ހަވާލުވީ އެމްޑީއެންއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން އެވެ.

ލިންބަގް ހޯލްޑިންގެ ފައުންޑަރު ވިދާޅުވީ އުންމީދަކީ ކޮވިޑާ ދެކޮޅަށް ދިވެހި ރާއްޖެއިން ކުރާ މަސައްކަތް އަވަހަށް ކާމިޔާބުވުން ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގަައި ހިތްހެޔޮ ދިވެހިންނަށް އެހީތެރިކަމެއް ފޯރުކޮށް ދެއްވުމަކީ ލިބުނު އުފަލެއް ކަމަށެވެ.