ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްޑީއެފްސީ އިން 38 ފަރާތަކަށް ލޯނު ދީފި

May 7, 2020
1

ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުތަކަށް އެހީވާން ހުޅުވާލާފައިވާ ސްކީމުން، އެސްއެމްއީ ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 38 ފަރާތަކަށް ލޯނު ދީފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮވިޑް-19 ވިޔަފާރި އެހީގެ ނަމުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން 263 ފަރާތެއްގެ ލޯނު އެޕްރީވްކޮށްފައިވާ ކަމަށެވެ. އަދި 57 ފޯމެއް ރިޖެކްޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ގެންދަނީ އަންނަ ހަފުތާގެ ތެރޭގައި ބާކީ އޮތް 1100 އެއްހާ ފޯމްގެ ކަންކަން ނިންމާނެ ކަމަށެވެ.

"މި ލޯނުތައް ދޫކުރުން ލަސްވެގެން މި ދަނީ، ލޯނުތައް އިއުލާން ކުރިތާ 15 ވަރަކަށް ދުވަހުގެ ތެރޭގައި ލޮކް ޑައުން ކުރުމުން. ބައެއް މުވައްޒަފުން ސެލްފް އައިސޮލޭޝަން އަށް ދިއުމުން،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރަކީ އަމިއްލަ ކުންފުންޏެއް ނޫން ކަމަށާ، މިކަހަލަ ހާލަތެއްގައި ހިލޭ އެހީ ދޭނެ ގާނޫނެއް ރާއްޖޭގައި ނެތް ކަމަށެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުންނާއި ފޮޓޯގްރާފަރުން އަދި ޖިމްތައް ކަހަލަ ތަންތަން ވެސް މާލެ ލޮކްޑައުން ކުރީމަ ވަރަށް ބޮޑެތި އަސަރު ތަކެއް ކޮށްފައިވާ ކަމަށާ، އެ ފަރާތްތަކަށްވެސް އެހީވެދޭނެ ކަމަށެވެ.

އެސްއެމްއީ އިން ކޮވިޑުގެ ސަބަބުން ގެއްލުންވާ ކުދި ވިޔަފާރި ތަކަށް 500،000ރ. އާ ހަމައަށް ލޯނު ނެގޭ ލޯނު ސްކީމެއް ތައާރަފު ކޮށްފި އެވެ. މި ސްކީމުގެ ދަށުން ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީން ތައާރަފު ކޮށްފައިވާ މި ލޯނު ސްކީމު ގެ ދަށުން ލޯނު ދޭނީ ހަ ޕަސެންޓު އިންޓްރެސްޓުގަ އެވެ. މި ލޯނު ދައްކަން ޖެހެނީ ގިނަ ވެގެން ތިން އަހަރު ލިބެ އެވެ.