ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

މަހުޖަނުންނާއި ސަރުކާރު ކޯޅުކަމަށް!

ކޮވިޑް-19 އާ ގުޅިގެން ނެރެފައިވާ އިގްތިސޯދު ރިލީފް ޕެކޭޖުގެ މައްސަލާގައި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ބާނީންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނާއި ސަރުކާރާދޭ ދެމެދު ބޮޑު ހިޔާލު ތަފާތުވުންތައް އުފެދިއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ބާނިންގެ ގޮތުގައި ތިއްބަވާ ޗަމްޕާ ހުސެއިން އަފީފާއި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ، ޓޫރިޒަމް ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިއްޔެ ވަނީ ސަރުކާރުން ނެރެފައިވާ އިގްތިސޯދީ ރިލީފް ޕެކޭޖާމެދު ހިތްހަމަ ނުޖެހިގެން ފާޑު ކިޔައިފަ އެވެ.

އެ ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ނެރެފައިވާ 2.5 ބިލިއަން ރުފިޔާގެ އިގްތިސޯދީ އެހީގެ ޕެކޭޖް ހަދާފައި ވަނީ، އެ ޖަމިއްޔާގެ ހިޔާލު ހޯދުމެއް ނެތި ކަމަށެވެ. އެ ޕެކޭޖްގެ ފައިދާ ޓޫރިޒަމް ސިނާއަތުގެ ގިނަ ފަރާތް ތަކަށް ނުލިބޭ ކަމަށެވެ.

އަދި ރާއްޖޭގެ އިކޮނޮމީގެ 70 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމްގެ އެންމެ ގިނަ މަހުޖަނުން ހިމެނޭ ޖަމިއްޔާ ކަމަށްވާ މަޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މިހާރުގެ ހާލަތުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވެ، ބަނގުރޫޓު ވަމުން ދާއިރު، ވަޒީފާތައް ސަލާމަތް ކުރަން ފިޔަވަޅު އަޅަން ޖެހުނު ނަމަވެސް އެ ފިޔަވަޅު ނޭޅޭ ކަމަށެވެ. އަދި މި ކަމަށް އެދި އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ މަޓީއާއެކު ހަފުތާއެކު ދެ ފަހަރު މަޝްވަރާ ކުރަމުން ދިޔަ ކަމަށެވެ. އަދި މަޓީން ރިލީފް ޕެކޭޖާ ބެހޭ ގޮތުން މި ވަގުތު ފާޑު ކިޔުމަކީ "ސަރުކާރުގައި ކޮޅުފަ އިން ޖެހުން" ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ސިފަ ކުރައްވި އެވެ.

"މަޓީން ނެރުނު އެ ބަޔާނަކީ، މިވަގުތު މި ހާލަތުގައި ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުމޭ އަޅުގަނޑު ދަންނަވާނީ،" ފައްޔާޒު ވިދާޅުވި އެވެ.

މަޓީއާ މަޝްވަރާ ކުރި

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރިލީފް ޕެކޭޖު ނެރުމުގެ އެކި މަރުހަލާތަކުގައި ސަރުކާރުން މަޓީގެ މެންބަރުންނާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީގައި ވާހަކަ ދެކެވުނު، ހުރިހާ ބޭފުޅުން ފާހަގަ ކުރެއްވި އެ މަދު ކަމަށް ވެސް. މަޓީން ރިކުއެސްޓް ކުރި ރެންޓް ވޭވް އޮފް ކުރުމަށް. މަޓީގެ ފަރާތުން އައި ކަމަށް ގަބޫލުކޮށް އައި ބޭފުޅުންނާއެކު މަޝްވަރާ ކުރެވި އެ ބޭފުޅުންގެ ސަޖޭޝަން އައީ 8،000ރ. ނޫނީ 10،000ރ. ގެ މުސާރަ ލިބޭ އެއްވެސް މީހެއްގެ މުސާރަ ނުކަނޑާ ގޮތަށް. އޭގެ މަތިން އެއްވެސް ބޭފުޅެއްގެ މުސާރަ ނުކަނޑާ ގޮތަށް. އެޕްރީލް މަހު އެއްވެސް މުސާރަ ނުކަނޑާ ގޮތަށް. އޭގެ މަތީގެ މުސާރަ ތައް ކަނޑާ ގޮތަށާއި ތިން މަހަށް ބަލާގޮތަށް. މީގެ ބަދަލުގައި ދެ ކުއާޓާގެ ކުލި ޑިފާ ކުރަން. އަޅުގަނޑުމެން އެދުނީ އެއް މަހު ޑިފާ ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މައިގަނޑު މަގުސަދަކީ ވަޒީފާތައް ހިފެހެއްޓުން ކަމަށާއި ސަރުކާރުން ރިލީފެއް ދެވޭނީ އެއާ ގުޅުވައިގެން ކަމަށެވެ.

"އަޅުގަނޑުމެން ސިޓީއެއް ފޮނުވިން. އޭގެ ފަހުން އެ ބޭފުޅުން [މަޓީ] އިން ފޮނުވި ސިޓީއެއް. އެ ބޭފުޅުން ވިދާޅުވީ މުސާރަ ކަނޑާ މީހުންނާ ހުރިހާ މީހުންނަށް ރިލީފް ދޭން ވާނެ ކަމަށް. އަޅުގަނޑުމެން ދެންނެވީ އެގޮތަކަށް ނުވާނެއޭ. ދެން އަޅުގަނޑު ދެންނެވީ ކުލި ދެ ކުއާޓާ ޑިފާކޮށް ދެވިދާނެއޭ، އަހަރު ދުވަހުން ދައްކާ ގޮތަށް. އަޅުގަނޑު ހިތަށް އަރައިގެން މިހުރީ އެ ބޭފުޅުން ބޭނުންވި ގޮތަށް ގާތްގަނޑަކަށް ކަމަށް މި އޮތީ. އެހެން ނަމަވެސް އިއްޔެ މި އެނގުނީ އެހެން ނޫންކަން މުޅިން މިވީ،" ފައްޔާޒު ވިދާޅުވި އެވެ.