ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުލި ނުދެއްކިގެން މިދިއަ 12 މީހަކު ގޭން ނެރުނު: އެޗްްއާރްސީއެމް

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ދިރި އުޅޭ ގެއަށް ކުލި ނުދެއްކިގެން 12 މީހަކު މިދިޔަ މަަހު ގެއިން ނެރެފައިވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާއްމު އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް މިދިޔަ މަހުގެ ނިޔަލަށް އެޗްއާރްސީއެމުން ވަނީ 1،091 މީހުންނާއި 33 ކައުންސިލެއް ބައިވެރި ކޮށްގެން ދިރާސާއެއް ހަދާފަަ އެވެ.

އެ ދިރާސާގެ ރިޕޯޓުގައި ބުނާ ގޮތުން މައުލޫމާތު ދިން މީހުންގެ ތެރެއިން 25 މީހަކަށް ކުލި ދެއްކޭނެ ގޮތެއް ނެތުމުން ދިރިއުޅޭ ތަނުން ނެރެލާނެ ކަމަށް ގޭގެ ވެރިފަރާތުން އަންގާފައި ވެއެވެ. އަދި 12 މީހަކު ކުލި ދެއްކޭނެ ގޮތެއް ނެތިގެން ދިރިއުޅެމުން ދިޔަ ތަނުން ނެރެފައިވެ އެވެ.

މީގެ އިތުރުން އަށް މީހަކު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ދެ އެވެ. ފަސް މީހުންގެ ވަޒީފާ އާއި މުސާރަައަށް އަަސަރު ކޮށްފައިވާއިރު ރޯދަމަހުގެ އިނާޔަތެއް ނުލިބެ އެވެ. އަދި ކާބޯތަކެތި ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ތިން މީހަކު ވަނީ ލޮކްޑައުންގެ ސަބަބުން ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ތާށިވެފައި ވެއެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނެފައިވ ގޮތުގައި ކޮމިޝަނަށް މައުލޫމާތު ފޯރު ކޮށްދީފައިވާ ފަރާތްތަކުގެ ތެރެއިން 44 ޕަސެންޓު މީހުން ކުއްޔަށް ދިރިއުޅެމުން ދާއިރު 30 ޕަސެންޓު މީހުން ލިބެމުން ދިޔަ އާމްދަނީ ދަށްވުމުގެ ސަބަބުން ކުލި ދެއްކުމަށް ދަތިވެ އެވެ. އަދި 17 ޕަސެންޓު މީހުން އާމްދަނީ ދަށްވުމުގެ ސަބަބުން ކުލި ދެއްކޭނެ ގޮތެއް ނެތިފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ގޭ ގެކުލި ކުޑަ ކޮށްދީފައިވާ ކަމަށް 12 ޕަސެންޓު މީހުން ބުނެފައިވާއިރު 42 ޕަސެންޓު މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާކަމަށް ބުނެފައި ވެއެވެ.

ކޮމިޝަަނަށް މައުލޫމާތު ދިން މީހުންގެ ތެރެއިން 53 ޕަސެންޓް މީހުންގެ ވަޒީފާއަށް އަސަރު ކޮށްފައިވާއިރު 50 ޕަސެންޓް މީހުންގެ މުސާރަ އަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެއެވެ. މުސާރަ އަށް ބަދަލު އައިސްފައިވާ ކަމަށް ބުނެފައި ވަނީ 42 ޕަސެންޓް މީހުނެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި ގިނަ ބަޔަކަށް ލިބެމުން ދިޔަ އާމްދަނީއަށް ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ.