ވިޔަފާރި

ގަތަރު އެއާވޭސް އިން އަންނަ މަހު ރާއްޖެއަށް ފްލައިޓެއް

May 9, 2020

ގަތަރު އެއާވޭސް އިން ރާއްޖެ ހިމެނޭ ގޮތަށް 80 މަންޒިލަކަށް އަންނަ މަހު ފްލައިޓު ތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

އަންނަ މަހު ފްލައިޓެއް ބާއްވަން ނިންމާފައި ވާތީ، މި ދަތުރުގައި ރާއްޖޭން ބޭރަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ފްލައިޓުގެ މި ދަތުރުގައި ޔޫރަޕުގެ 23 މަންޒިލަކާއި އެމެރިކާ ބައްރުގެ 20 މަންޒިލެއް އަދި އޭޝިއާ ސަރަހައްދުގެ 23 މަންޒިލަކަށް އުދުހޭނެ އެވެ.

ނަމަވެސް، މި ފްލައިޓް އޮންނަ ތާރީހެއް އެ އެއާލައިނުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ގަތަރު އެއާވޭސްއަކީ ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތުގައި ވެސް އެއްކޮށް ދަތުރުތައް ހުއްޓާނުލައި، އޮޕަރޭޓް ކުރަމުން ގެންދިޔަ މަދު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ. މި އެއާލައިނުން މިހާރު ވެސް 30 މަންޒިލަކަށް ފްލައިޓްތައް ބާއްވަމުން ގެންދެ އެވެ.

ގަތަރު އެއާވޭސްއަކީ ރާއްޖޭގެ އެއާޕޯޓް ލޮކްޑައުން ކުރުމުގެ ކުރީގައި އެންމެ ގިނައިން ފްލައިޓްތައް ބާއްވަމުން ގެންދިޔަ އެއާލައިން އެވެ. ނަމަވެސް ރާއްޖެ އިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވާން ފެށުމާއެކު ސަރުކާރުން ވަނީ ރާއްޖެ އިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފަ އެވެ. މި ނިންމުމާއެކު، ރާއްޖޭގެ އިގްތިސާދަށް ދަނީ ބޮޑެތި ގެއްލުން ތަކެއް ވަމުންނެވެ.

އެއާޕޯޓް ބަންދުކޮށްފައިވުމާއެކު، ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން ބަލައި މީގެ ކުރިން ދުނިޔޭގެ ބޮޑެތި އެއާލައިން ތަކުން ވަނީ ރާއްޖެ އައިސްފަ އެވެ.