ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަސްޓަމަރުންނަށް އުރީދޫން އެހީތަކެއް ދެނީ

ކޮވިޑް-19 އިގެ ސަބަބުން މާލީ ދަތިކަން ދިމާވެފައިވާ ކަސްޓަމަރުންގެ ބިލް ދެއްކުމުގައި އުރީދޫން އެހީތަކެއް ދޭން ނިންމައިފި އެވެ.

އުރީދޫ އިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުގައި އެހީތެރިވާން ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަސްޓަމަރުންނަށް ބިލު ދެއްކުމަށް ލުޔެއް ދޭން މަގު ފަހި ކޮށްދީފައިވާ ކަމަށެވެ.

އުރީދޫ އިން ބުނީ އެ ފަސޭހައިގެ ތެރެއިން ބިލަށް ފައިސާ ދެއްކުމުގައި ދަތިތައް ކުރިމަތި ވެފައި ވާނަމަ، ފައިސާ ދެއްކުމުގެ މުއްދަތު ބިލު ތައްޔާރު ކުރާ ދުވަހުން ފެށިގެން ދެމަސް ދުވަހަށް އިތުރު ކުރަން އެދުމުން ކޮންމެ އެ ފުރުސަތު ދޭނެ ކަމަށެވެ.

އަދި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ބިލަށް ފައިސާ ދެއްކުމުގެ ޕްލޭންތަކާއި އެހެނިހެން ލުއި ފަސޭހަތައް ވެސް ރިކުއެސްޓް ކުރުމުން ހަމަޖައްސައި ދޭނެ ކަމަށެވެ.