ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަރުމަވަންތަ ހޮސްޕިޓަލް

ދެ މީހަކު އަދިވެސް ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ސެންޓަރުގައި މި ވަގުތު ހަތަރު މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ 70 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ދެން ފަރުވާ ދެމުންދަނީ ޕާކިސްތާނުގެ 44 އަހަރުގެ ފިރިހެނަކަށެވެ. އަދި ކޮވިޑް ޖެހުުނު 41 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް އެ ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.

"މީނައަކީ އެހެން ސަބަބަކާއި ހުރެ އެޑްމިޓްކުރެވުނު މީހެއް. އެހެން ނަމަވެސް ޕްރޮސީޖަރަލީ އޭނަގޭ ސާޕްލަން ޕޮޒިޓިވްވުމުން އޭނާ ވަނީ ޑީއެޗް11 އަށް ބަދަލުކުރެވިފައި."

ޑީއެޗް11 ގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ މީހަކު ރޭ ވަނީ މަރުވެފައެވެ. ކޮވިޑްގައި ރާއްޖެއިން ފުރަތަމަ މަރުވީ އުމުރުން ދުވަސްވީ އަންހެނެކެވެ. އޭގެ ފަހުން ބިދޭސީއަކުވެސް ވަނީ މަރުވެފައެވެ.