ދުނިޔެ

އޮބާމާއަށް ސުލްހައިގެ އިނާމު ދެވުނު މޮޔަ ހީވޭ: ލުންޑެސްޓާޑް

Sep 17, 2015

އޭރު އޮތް ޕީސް ކޮމެޓީން އަށް ފެނުނީ މި އިނާމުގެ ސަބަބުން އޮބާމާއަށް ސުލްހައިގެ ކަންކަމުގައި އިތުރު ހިއަވްރެއް ލިބި ނަތީޖާ ނެރެދޭނެ ކަމަށެވެ. އެކަމަކު އުންމީދު ކުރި ގޮތަށް އޮބާމާގެ ސިޔާސަތުތައް ނުފެނުނު ކަމަށް ލުންޑެސްޓާޑް ވިދާޅުވިއެވެ.

އެމެރިކާއިން ވެސް އެ ކޮމެޓީގެ މި ނިންމުމަށް ފާޑުކިޔުންތައް އަމާޒު ވިއެވެ. ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ގޮތުގައި ނޯބެލް އެއް ހައްގުވާ ވަރުގެ ކަމެއް އޮބާމާއަށް ކުރެވިފައެއް ނެތެވެ.

ލުންޑެސްޓާޑް ވިދާޅުވީ އޮބާމާ އަށް ވެސް ކޮމެޓީގެ މި ނިންމުމުން ލިބުނީ ހައިރާން ކަމެއް ކަމަށާއި، އަދި އޮބާމާއަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ވެސް ހީކުރީ މިއީ އޮޅުމެއް ކަމަށް ކަމަށެވެ.

އޮބާމާ އިނާމާ ހަވާލުވާން ވަޑައިނުގަތުމަށް ވެސް ނިންމި ކަމަށް ވެއެވެ. އެހެން ނަމަ ވެސް  އިނާމު ލިބުނު ފަރާތަކުން އިނާމު ބަލާ ނުދިއުމަކީ ވަރަށް ނުހިނގާ ކަމެއް ކަމަށް ވާތީ އެ ނިންމުން ބަދަލު ކުރެއްވީ ކަމަށް ވެއެވެ.

ނޯބެލް ސުލްހައިގެ އިނާމާބެހޭ ކޮމެޓީގެ ސެކްރެޓަރީގެ މަގާމު 25 އަހަރު ފުރުއްވުމައްފަހު ލުންޑެސްޓާޑް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުއެވެ.