ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 800 އިން މައް ޗަށް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 800 ވުރެ ގިނަ ވެެއްޖެ އެވެ. މިއަދުގެ ނަމްބަރުތަކަށް ބަލާއިރު އިރު އޮއްސޭން ދިޔައިރު 45 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭއިން ހަވީރު ބުނީ މިއަދު ޕޮޒިޓިވްވި 45 މީހުންގެ ތެރޭގައި ހިމެނެނީ 25 ބިދޭސީންނާއި 20 ދިވެހިން ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 22 މީހުންނާއި ނޭޕާލްގެ ދެ މީހަކާއި އިންޑިއާ މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 835 އަށް އަރާފަ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެނީ 280 ދިވެހިންނާއި 573 ބިދޭސީންނެވެ. އިއްޔްވެސް ގިނަ ބަޔަކު ޕޮޒިޓިވް ވިއެވެ. ރޭގެ ނިޔަލަށް 719 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 1،521 މީހުން ކަރަންޓީންގައި އެބަތިއްބެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނަ މަރުވީ ރޭގެ ވަގުތެއްގަ އެވެ.