ހަބަރު

"މިޔަހެލި" ސޯޝަލް އިނޮވޭޝަން ކޭމްޕް ނިންމާލައިފި

އުރީދޫ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ބޭއްވި "މިޔަހެލި" ސޯޝަލް އިނޮވޭޝަން ކޭމްޕް ނިންމާލައިފި އެވެ.

މިޔަހެލި ކޭމްޕަކީ ޒުވާނުންގެ ހިޔާލުތައް އެއްތަނަކަށް ގެންގޮސް ދީގެން، ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރި ތިން ދުވަހުގެ ކޭމްޕެކެވެ.

މި އަހަރުގެ ކޭމްޕް ހާއްސަކޮށްފައިވަނީ ކޮވިޑް-19 އިގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ ދަތިތަކުން އަރައިގަންނާނެ ގޮތްތަކުގެ މައްޗަށެވެ. މުޅި ރާއްޖެ އިން 70 މެމްބަރުން ބައިވެރިވި އިރު 11 ހިޔާލުގެ މައްޗަށް ޕްރޮޕޯސަލެއް ވަނީ ހުށަހަޅާފަ އެވެ. މި ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ހިޔާލެއް ޖަޖުންގެ ޕެނަލުން ހޮވި އެވެ.