ދުނިޔެ

ނުސްރާ ފްރޮންޓުން 45 ރަހީނުން މަރާލައިފި

Sep 19, 2015

ނުސްރާ ފްރޮންޓުން ސިފައިންގެ މި މީހުންތައް އަތުލައިގަތީ ސީރިޔާގެ ހުޅަނގު އުތުރުގައި އޮންނަ އަބޫ ޒުހޫރު އެއާ ބޭސް އިންނެވެ. ހަނގުރާމަވެރިން ވަނީ މި އެއާ ބޭސް ހިފާފައެވެ. އަތުލައިގަތް ސިފައިންގެ މި މީހުން ބަޑިޖަހާ މަރާލީ އެތަނުގެ ރަންވޭ މަތީގައި ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުން ބުންޏެވެ.

ވޭތުވެ ދިޔަ ހަފްތާގައި ނުސްރާ ފްރޮންޓުން އަބޫ ޒުހޫރު ހިފުމާއި އެކު ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނަށް ވަނީ އިތުރު ބައްޔަކާއި ކުރިމަތި ލާން ޖެހިފައެވެ. މި ފަހަކަށް އައިސް ހަނގުރާމަ ހިނގާ ވަރަށް ގިނަ ސަރަހައްދު ތަކުގައި އަސަދުގެ ސިފައިންގެ މައްޗަށް ހަނގުރާމަވެރިން އަންނަނީ ކުރި ހޯދަމުންނެވެ. 

ނުސްރާ ފްރޮންޓަކީ އަލްގައިދާ އާއި ގުޅުން ބޮޑު ޖަމާއަތެކެވެ. ދިވެހިންގެ ތެރޭން ސީރިޔާއަށް ހަނގުރާމައިގާ ބައިވެރި ވުމަށް ދާ ގިނަ މީހުން ގުޅެނީ ނުސްރާ ފްރޮންޓާއި ކަމަށް ވެއެވެ. ސީރިޔާގެ ހަނގުރާމަވެރި ގުރޫޕު ތަކާއި ސަރުކާރަށް ނިސްބަތްވާ ސިފައިންނާ ދެމެދު ދާހިލީ ހަނގުރާމަ ކުރިއަށް ދާ މިއީ ފަސްވަނަ އަހަރެވެ.