ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ވީބީ މުއައްޒަފުންތަކެއް ޕޮޒިޓިވްވެ، ވިޔަފާރި މެދުކަނޑާލައިފި

May 16, 2020

ވީބީގެ ފިހާރަތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ވިޔަފާރި މެދުކަނޑާލައިފި އެވެ.

ވީބީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އަށް މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވީބީ ބާޒާރު ފިހާރާގައި މަސައްކަތް ކުރާ މުވައްޒަފަކާއި ގަލޮޅު މާޓުގައި މަސައްކަތް ކުރާ ތިން މުވައްޒަފަކާއި މާފަންނު މާޓުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފެއް ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހުރިހާ މުވައްޒަފުންގެ ހާލު ރަނގަޅު ކަމަށާއި އެ ފަރާތްތަކުގެ ކަންކަން ގާތުން ބަލައި ދޭން ޖެހޭ އެހީތެރިކަން ދެމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން ފިހާރާގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި މިހާރު ހުރި ޑެލިވަރީ އޯޑަރުތައް ވެސް ގެތަކަށް ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމަށް ވީބީ އިން ބުންޏެވެ. އަދި އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުކޮށް އެ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ވީބީ އިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1031 އަށް އަރައިފަ އެވެ. އަދި މިހާތަނަށް އެ ބަލިން 46 މީހަކު ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.