ހަބަރު

މިއަދު އެކަނި ވެސް އޮޅުވާލައިގެން 29،000ރ. ރީލޯޑްކޮށްފި

Sep 19, 2015
1

މިއަދު އެކަނިވެސް އޮޅުވާލައިގެން ރީލޯޑާއި ރާސްޓަސްގެ ގޮތު 29،000ރ. އެކި ފޯނުތަކަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ގޮތަށް އޮޅުވަލާފައި ވަނީ ގިނަ އަދަދަކަށް އޮޅުވާލައި ފައިސާ ޖަމާ ކުރަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިފައި ވަނިކޮށެވެ. 

މީގެހަފުތާއެއްހާ ދުވަސް ކުރިން ފުލުހުން ބުނެފައި ވަނީ ނުދަންނަ ނަމްބަރުތަކުން ގުޅައި އެކިއެކި ޕްރޮމޯޝަންތަކާ އެހެނިހެން ކަންކަމުގެ ވާހަކަދައްކައި ފައިސާގެ ބޮޑެތި ޢަދަދުތަކުން ރީލޯޑް ނޫނީ ރާސްޓަސް އަޅައިދިނުމަށް އެދުނު ނަމަވެސް އެފަދަ އެއްވެސް ފަރާތަކަށް ރީލޯޑް ކޮށްދީ ރާސްޓަސް އަޅައި ނުދިނުމަށް ފުލުހުން އިލްތިމާސް ކުރާ ކަމަށެވެ. 

އަދި ބުނެފައި ވަނީ ރާއްޖޭގައި ހިންގާ އެކިއެކި ވިޔަފާރި ތަކުގެ ނަމުގައި ގުޅައި ނުވަތަ މަސްވެރިކަން ކުރާ ފަރާތްތަކުގެ ނަމުގައި ގުޅައި ބޮޑެތި ޢަދަދުތަކުން ރީލޯޑްކޮށް ރާސްޓަސް އެޅުމަށް އެދުމުން ރީލޯޑްކޮށްދީ ރާސްޓަސް އަޅައިދީ ފައިސާ ޓްރާންސްފާ ކުރުމުގެ މައްސަލަތައް ހުށަހެޅުން ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުން ކަމަށެވެ.