ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގެ ލޮކްޑައުން މިމަހުގެ ނިޔަލަށް އިތުރުކޮށްފި

May 18, 2020

ނިއު ދިއްލީ (މެއި 18) - ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި އަޅާފައިވާ ލޮކްޑައުންގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މިދިއަ މާޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިތުރު ކުރަމުން އައި ލޮކްޑައުން ހަމަވާން އޮތީ އިއްޔެގެ ދަންވަރު 12:00 އަށެވެ.

ގާތްގަނޑަކަށް 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން، އިގުތިސޯދު ހުއްޓިފައިވާއިރު، ދުވަހު މަސައްކަތުގައި އުޅޭ ފަގީރުންނަށް އާމްދަނީ ހޯދޭނެ ދޮރުތައް ވަނީ ބަންދުވެފަ އެވެ. އެއާއެކު، ބައެއް ހިސާބުތަކުގައި އާއްމުން ނުކުމެ އިހުތިޖާޖު ކުރުމުގައި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ދަނީ އިތުރުވަމުންނެވެ.

އިންޑިއާގެ އިންޓީރިއާ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސްކޫލްތަކާއި، ޝޮޕިންގް މޯލްތައް ފަދަ ތަންތަން ބަންދު ކޮށްފައިވީ ނަމަވެސް، ކޭސްތައް މަދު ސަރަހައްދުތަކަށް ބައެއް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

އިންޑިއާގައި ބަލި ޖެހުނު މީހުންގެ އަދަދު 90،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 2،800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ނަމަވެސް، އެ ބައްޔަށް ޓެސްޓު ކުރެވޭ މިންވަރު ނިސްބަތުން މަދުވުމުގެ ސަބަބުން، ކޮވިޑް-19 ޖެހިފައިވާ ހަގީގީ އަދަދުތައް ދެނެގަނެވިފައި ނުވާ ކަމަށް ބައެއް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިންޑިއާގެ އިގުތިސޯދު ކޮޅަށް ޖެހުމަށް 260 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ޕެކޭޖެއް ސަރުކާރުން ވަނީ އިއުލާނު ކޮށްފަ އެވެ.