ދުނިޔެ

ހައްޖުގެ ސަލާމަތީ ކަންކަމަށް އިތުރު އެއް ލައްކަ ސިފައިން

Sep 20, 2015

އިންޓީރިއާ މިނިސްޓްރީން ބުނީ އެހާ ގިނަ މީހުން އެއްވާތީ ކުރަންޖެހޭ އިންތިޒާމުތަކަށް ބެލިއަސް އަދި ޓެރަރިސްޓުންގެ ނުރައްކާ އޮތް މިންވަރަށް ބެލިޔަސް، މައްކާގެ ސަލާމަތީ ކަންކަމަށް ދޭން ޖެހޭ ސަމާލުކަން ވަރަށް ބޮޑު ކަމަށެވެ. ހައްޖު ވުމަށް މި އަހަރުވެސް ތިން މިލިއަނަށް ވުރެ މީހުން ޖަމާވާނެ ކަމަށް ބެލެވެއެވެ.

މިފަހުން ހަރަންފުޅު ތެރެއަށް ކެރޭނެއް ފުރޮޅާލައި 111 މީހުން މަރުވެ 400 އައްވުރެ ގިނަ މީހުން ޒަހަމްވި ހާދިސާއާއި، އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތް ތަކުން ސައުދީ އަރަބިއްޔާއާއި މައްކާ އަކީ އެމީހުން ފަތަހަ ކުރަން ބޭނުންވާ ޓާގެޓުތައް ކަމަށް ބުނާތީ މިފަހަރުގެ ހައްޖުގެ ސަލާމަތީ ފިޔަވަޅުތަކަށް ލިބޭ ސްމާލުކަން ބޮޑުވެއެވެ. އައި އެސް އިން މިހާރުވެސް ސައުދީގައި ތިން ހަމަލާއެއްދީ 53 މީހުން މަރާލާފައި ވެއެވެ.