ހަބަރު

ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ޖޭއެސްސީން ބަލަނީ

May 19, 2020
2

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ބަލަން ނިންމާފައިވާ އެއް މައްސަލައެއްގެ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނި ގޮތުގައި ތަހުގީގު ކޮމިޓީ އެކުލަވާލީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ބަލާށެވެ. އަދި އެއީ ގާނޫނު އަސާސީއާ ހިލާފަށް ގާޒީ އިބްރާހިމް އަލީ އަމަލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށް ވެސް ބުންޏެވެ.

މި ފަހުން ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންގެ މައްސަލަ ބަލާފަ އެވެ. އޭގެ ބައެއް ބޭފުޅުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފަނޑިޔާރުން ވަކި ވެސް ކޮށްފައި ވެއެވެ.