ހަބަރު

ލޯންޗްތައް މަރާމާތު ކުރާތީ އީދުގައި ދަތުރެއް ނުކުރަން: އެމްޓީސީސީ

Sep 20, 2015

މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަތޮޅުތަކަށް ކުރާ ލޯންޗު ދަތުރުތަށް އީދު ބަންދުގެ ތެރޭގައި ނުކުރާ ގޮތަށް ހަމަޖައްސައިފި އެވެ. 

އެމްޓީސީސީގެ ސީނިއާ މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ އީދު ބަނދަށް އަތޮޅުތަކުތެރޭ ރަށްރަށަށް ދިއުމަށް ކޮންމެ އަހަރަކު ވެސް އެތަށް ބަޔަކު ލޯންޗު ކުއްޔަށް ހިފާ ކަމަށާއި އަދި މިއަހަރު ވެސް އެތަށް ބައެއްގެ ޑިމާންޑު އޮތް ކަމަށެވެ. ނަމަވެސް އެކުންފުނީގެ ބައެއް ލޯންޗުތަށް މިވަގުތު މަރާމާތު ކުރަމުން ދަތީވެ ލޯންޗު ކުއްޔަށް ދޫކުރުމުގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލީ ކަމަށެވެ.

"އަތޮޅުތަކަށް ދަތުރުތަށް ކުރުމަށް މިފަހަރު [އީދުގައި] ލޯންޗުތަށް ކުއްޔައް ދުލެއް ނުކުރަން. އެއީ ބައެއް ލޯންޗުތަށް އަޅުގަނޑުމެން ދަނީ މަރާތާތު ކުރަމުން އެހެންވެ އެ ހިދުމަތް މިފަހަރު ދެވޭ ކަށެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޯންޗު ކުއްޔަށް ދިނުން މެދުކެނޑިފައި ވީނަމަވެސް ހުޅުލެ، ހުޅުމާލެ އާއި މާލެ ދެމެދު ކުރާ ދަތުރުތަށް މެދު ނުކެނޑި ކުރަޔަށް ދާނެ ކަމަށާއި އަދި އެމްޓީސީސީން ދަނީ އެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.