ހަބަރު

ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓްގެ އެވޯޑް ސޮނޭވާ ފުއްޓަށް

Sep 20, 2015

ރާއްޖޭގައި އެންމެ ލަގްޒަރީ ރިސޯޓްގެ އެވޯޑް ސޮނޭވާ ފުއްޓަށް ލިބިއްޖެއެވެ.

ކޮކޯ ޕާމް ބޮޑު ހިތީގައި ރޭ ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް މަޓާޓޯގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި 18 ދާއިރާއަކުން 21 އެވޯޑް ދީފައިވެއެވެ.

އޭޣޭ ތެރޭގައި ޑައިވް ސެންޓަރާއި ހޮޓެލްސް އާއި ލިވް އަބޯޑްސް އަދި އެންމެ މަޤްބޫލް އެއާލައިން ހިމެނެއެވެ.

ރާއްޖޭގެ އެންމެ ރޮމޭންޓިކް ރިސޯޓަކަށް ހޮވުނީ ޕާ އަކުއާ ހުވަފެން ފުއްޓެވެ. އެންމެ މަގުބޫލު އާއިލީ ރިސޯޓްގެ އެވޯޑް ލިބުނީ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓަށެވެ. އަދި އެންމެ މަގުބޫލް ސަފާރީ އަކަށް ދޭ ލީޑިން ލިވަބޯޑް އެވޯޑް ލިބުނީ ގުރަހެލިއަށެވެ.

މީގެ އިތުރުން ރޭގެ ހަފްލާގައި މަޓާޓޯއިން ވަނީ އަންނަ އަހަރުގެ ގްރޭންޑް ފިނާލޭ ބާއްވާނީ ލަންޑަންގައި ކަންވެސް އިއުލާންކޮށްފައިވެއެވެ.

މި އަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ޙާއްސަ އެޑިޝަންއެއް ވަނީ ދުބާއީގައި ބާއްވާފައެވެ. ދުބާއީގައި ބޭއްވި އެވޯޑް ހަފްލާގައި ވަނީ 10 ކެޓަގަރީއަކުން އެވޯޑް ދީފައިވެއެވެ.