ހަބަރު

މާލޭގެ ގެއެއްގެތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Sep 20, 2015

 މާލޭގެ ގެއެއްގެތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ގެއެއްގެ ތެރޭގައޮ މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 5:30 އެހާކަންހާއިރު ކަމަށެވެ. 

މިރޭ ފުލުހުން ބުނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެން މީހާ މަރުވެފައި އޮތީ ގ. ކޯބިން ގައި ކަމަށާއި އެ މީހާގެ ހަށިގަނޑުގެ ބޭރަށް އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. އަދި މިހާރު އެ މީހާގެ ހަށިގަނޑު ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށްލާފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.