ހަބަރު

ކަނިފުށި ރިސޯޓްގެ ފަޅުގައި އޮތް ސީޕްލޭނެއް އަޑިއަށް ހިނގައްޖެ

Sep 21, 2015

ޅ. ކަނިފުށީ ރިސޯޓް ބޭރުގައި އަޅާފައި ޓީއެމްއޭގެ ސީޕްލޭނެއް ކަނޑު ގަދަވުމުގެ ސަބަބުން އަޑިއަށް ހިނގައްޖެ އެވެ. 

އެ ރިސޯޓުން ވާހަކަދެއްކި މުވައްޒަފަކު ބުނީ އިއްޔެ އިރު އޮއްސޭ ވަގުތު ޓޫރިސްޓުން ގޮވައިގެން އެ ރަށަށް އައި އެ ސީޕްލޭން އަޑިއަށް ދިޔައީ ސީޕްލޭން ފާލަމުގައި ބޯޓު އަޅާފައި އޮއްވާ ކަނޑު ގަދަވެ ބޯޓުގެ ތެރެއަށް ރާޅު އަރައިގެން ކަމަށް ބެލެވޭ ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓުގެ އެއް ކަނދު އަޑިއަށް ގޮސް ބޯޓު އޮތީ އެއްފަޅިއަކަށް އަރިއަޅާލައިފަ އެވެ. 

ރޭ ދަންވަރުގެ ވަގުތެއްގައި އަޑިއަށް ދިޔަ އެ ބޯޓު ނެގެމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. 

ދާދި ފަހުން ކުރެއްދޫ ރިސޯޓަށް ޓޫރިސްޓުން ގޮވައިގެން ދިޔަ ސީޕްލޭނެއް ވަނީ ވެއްޓި އަޑިއަށް ގޮސްފަ އެވެ. އެ ހާދިސާގައި ބޯޓު އެކީ އަޑިއަށް ދިޔަ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.