ރައީސް މުހައްމަދު ނަޝީދު

ނަޝީދު، ދީނަށް ހަޖޫ ޖެހި ކަމަށް ބުނި މީހާގެ މައްސަލަ ބަލަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އެމަނިކުފާނު ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އިހާނެތި ބަސް ބޭނުން ކުރެއްވި ކަމަށް ބުނެ ވާހަކަ ދެއްކި މީހާގެ މައްސަލަ ބަލަން ފަށައިފި އެވެ.

ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އެމަނިކުފާނު ރަސޫލާއަށް ނިސްބަތްކޮށް އިހާނަތިކޮށް ބަސް ވިދާޅުވި ކަމަށް ބުނެ ވާހަކަ ދައްކާފައި ވަނީ ރ. އަނގޮޅިތީމު ޖީޒާގެ އަލީ އިބްރާހިމް އެވެ. އޭނާއާއި އޭނާގެ އިންޓަވިއު ގެނެސްދިން މީޑިއާއާ މެދު ތަހުގީގު ކުރުމަށް ފުލުހަށާއި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން މަޖިލީހުން ވަނީ އެދިފައެވެ.

ފުލުހުން މިރޭ ބުނީ ރައީސް ނަޝީދާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ވާހަކަތައް އިންޓަވިއުއެއްގައި ދެއްކި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ހުށައަޅާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ގުޅިގެން ފުލުހުން ސާފު ކުރަންޖެހޭ ކަންކަން ސާފުކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުނެފައި ވަނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނާގަލަން މަސައްކަތް ކުރުމާއި ނަފުރަތު އުފެއްދުމަށާއި ދީނީ ގޮތުން ބައިބައިވުން އުފެދޭ ގޮތަށް ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ހިންގުމަކީ ގާނޫނުލް އުގޫބާތުގެ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީން ވެސް ވަނީ ބަޔާނެއް ނެރުނެވެ. އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި އެމަނިކުފާނަށް ހަވާލާދީ ބުނެފައިވަނީ އެމަނިކުފާނަކީ ޝަހާދުގެ ދެކަލިމައާއި ކީރިތި ރަސޫލާގެ ސުންނަތް ގަބޫލު ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

ދީނަށް ފުރައްސާރަ ކުރުމާއި ރައީސް ނަޝީދާ ގުޅުވައި މީގެ ކުރިން ވެސް ސިޔާސީ އެކި ބޭފުޅުން އެކި ތުހުމަތުތައް ކުރައްވާފަ އެވެ. އެ ތުހުމަތުތައް ރައީސް ނަޝީދު އަބަދުވެސް ދޮގު ކުރައްވަ އެވެ. އަދި މިހާތަނަށް އެފަދަ އެއްވެސް މައްސަލައެއްގައި އެމަނިކުފާނާ މެދު ފިޔަވަޅެއް އަޅާފައެއް ވެސް ނުވެ އެވެ.