ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ތައިލެންޑްގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެ ނާދެވި ތިބި ދިވެހިންގެ ތެރެއިން ތައިލެންޑްގައި ތިބި ދިވެހިން މިރޭ ރާއްޖެ ގެންނަން ނިންމަައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑްގައި 50 ވުރެ ގިނަ ދިވެހިން އެބަތިބި ކަމަށާ މިހާތަނަށް ރާއްޖެ އަންނަން ބޭނުން ވެގެން އެކަން އަންގާފައިވަނީ 26 މީހެއް ކަމަށެވެ.

އެ މީހުން މިރޭ ރާއްޖެ އަންނާނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ޓިކެޓް ނަގާފައިވަނީ އެ މީހުންގެ އަމިއްލަ ހަރަދުގައެވެ.

އެ މީހުން މާލެ ގެންނާނީ 14 ދުވަހުގެ ކަރަންޓީނަށް ފަހުއެވެ.