ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ޑިޒްނީ ޕްރިންސެސްްތައް ދިވެހިވަންތަ ވެއްޖެ

ދިވެހިންގެ ތެރޭގައި ވެސް ވޯލްޓް ޑިޒްނީގެ ޕްރިންސަސްްތައް މަގުބޫލެވެ؛ މިއީ ނުވަދިހައިގެ ކުދިންްގެ ފޭވަރިޓް ކާޓޫންްތަކަށް ވިޔަސް އަދިވެސް މި ޕްރިންސަަސްތަކުގެ ލައިމްލައިޓް ނުގެއްލެ އެވެ. އެމީހުންގެ ކާޓޫނުތައް އަދިވެސް ހަމަ ސަޅި އެވެ. ސިންޑްރެއްލާ އަަށް ނުވިޔަސް ކޮންމެ މީހަކުވެސް ޕްރިންސް ޗާމިން އެއް ހޯދަން އުޅެނީ އެހެންވެ ކަންނޭނގެ އެވެ. ޑިޒްނީ އިން ގެންގުޅޭ ޕްރިންސަސްތަކަށް މިފަހަރު މިއޮތީ ގޮތެއް ހަދާލާފަ އެވެ.

"ޑިސްޓާބްޑް އައިސްކްރީމް" ގެ ނަމުގައި ހިންގާ އާޓް ޕޭޖުގައި އަަހުމަދު ހާދިފް މި ކުރެހުންތައް ދޫކޮށްލީ "އަައިލެންޑް ޑިޒްނީ" ގެ ހޭޝްޓެގްގެ ދަށުންނެވެ. އެންމެ ފުރަތަަމަ އަޕްލޯޑް ކުރީ ސްލީޕިން ބިއުޓީ ކާޓޫނުގައި އުޅޭ އަރޯރާ އެވެ. އޭނާ ހުރީ ދަނބު ފާޑަކަށް ދާ ކުލަ އެއްގެ ދިގު ހެދުމެއްގަ އެވެ. މަޑު ދަނބު ކުލައިގެ ފިނިފެންމާތަކުން ފަސްބައި ފުރާލާފައި އޮތް އިރު ބޯވަޅުގައި ވެސްް މާތައް ހުއްޓެވެ. މޭމަތީގައި ރީތި ގޮފި ކޮޅެއް ހަރުކޮށް ބޮލުގައި ފޮތިކޮޅު ވެސް އަޅާފަ އެވެ.

ދެން ފެނުނީ، އެލާޑިން އާއެކު ފެންްނަ ޕްރިންސަަސް ޖޭސްމިން އެވެ. މެދު އިރުމަތީ ގައުމެއްގެ ޖޭސްމިން ހުރީ އޭނާގެ ބޮޑު ހަރުވާޅު ބާލައި ރާއްޖޭގެ ގައުމީ ރަތް ލިބާހުގަ އެވެ. ހަމަ ކަސަބުން ބޯވަޅުު އަޅައި ޖަރީކޮށްފައި އޮތް ލިބާހެކެވެ. ޖޭސްމިން އަށް ދެން ބަގިޔާ އާއި ރޮދިގަނޑު ވެސް އެނގުނީ އެވެ. ކަރުގައި ފަައްޓަރު ބަޔާއި އަަތުގައި އަޅާ ގަހަނާ ވެސް އޮތެވެ. ވަރަށް ފުރިހަމަ އެވެ. އެންމެ ހިނގީ ވެސްް މި ފޮޓޯ އެވެ.

އޭގެ އެއް ދުވަސް ފަަހުން ހާދިފް އަނެއްކާވެސް ފޮޓޯއެއް އަޕްލޯޑް ކޮށްފި އެވެ. މި ފޮޓޯ އަދި މާ ހިނގައިފި އެވެ. މިފަހަރު މިހުރީ އެއްކަލަ ސްނޯ ވައިޓެވެ. ދޫނި ތަކާއި ޖަނަވާރުތަކާއެކު އަބަދު ލަވަ ކިޔަ ކިޔަ އުޅޭ ސްނޯ ހާ ހުދު ސްނޯ ވައިޓެވެ. މި ރީތި ސްނޯ ވައިޓަށް ހާދިފް ލައްވާފަައި ހުރީ ފޮތި ބޯވަޅު ލިބާހެކެވެ. ބޮލުގައި މުސްކުޅި ބުރުގާ އެއްވެސް އަޅުވާފައި އޮޮތެވެ. ގިނަ މީހުން މި ފޮޓޯ ޝެއާކޮށް ކާޓޫނުގައި މި ސީން އަންނަ ތަންކޮޅު ވެސް ހަނދާން ވާ ކަމަށް ބުނެފައި ހުއްޓެވެ. މިއީ ސްނޯ ވައިޓް ވަޅެއް ކައިރީ ހުރެ ދޫނިތަކާއެކު ލަވަކިޔާ މަންޒަރެވެ.

މި ޕްރިންސަސްތަކާއެކު މި ގެެލެރީއަށް ދެން އައީ މުލާން އެވެ. މުލާން ހުރީ ދެކޮޅަށް އިސްތަށިގަނޑު އައްސާ ހެދުން ބުރި އެއް ލައްވާފަ އެވެ. މުލާންގެ ޅަ މޫނު ހެދުން ބުރި ލައްވާ އުމުރާ ގުޅެ އެވެ. ހެދުން ބުރިއަކާއެކު މުލާންގެ އަަތަށް ބަނޑިޔަލެއް ވެސް ދީފައިވެ އެވެ. މިހާރު މުލާން އެ ދަނީ ފިރިހެނަަކަށް ވެގެން ހަނގުރާމަ ކުރާކަށް ނޫނެވެ. ހާދިފްް އޭނާ ފޮނުވީ މިސްކިތުން ފެން ބަލައި ވަޅު ދޮށަށެވެ.

ހާދިފްް މި ހުރިހާ ފޮޓޯތަކެއް ވެސްް އެޑިޓް ކުރީ މި ކަރަަންޓީނު ތެރޭގަ އެވެ. އާޓިސްޓުންގެ ކަރަންޓީނު އާޓް ޕޯސްޓުތަކުން ހާދިފްގެ ފޮޓޯތައް ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. މި ހުރިހާ އެޑިޓެއް ވެސް ގެނައީ ހާދިފް ގެ ފޯނުންނެވެ.

"ހުރިހާ އެޑިޓް އެއްވެސް ނިންމީ ކަރަންޓީނު ދުވަސްްކޮޅު. އެހެން އުޅުން އިރު ފެންްނަނީ ބޭރު މީހުން ޑިޒްނީ ކާޓޫން ތަކުގެ ކެރެކްޓާސް އަށް އެމީހުންގެ ކަލްޗަރަލް ހެދުން ލައްވާފައި ހުންނަތަން. އެ އެއްޗެހި ފެނިގެން ދެން ޓްރައި ކޮށްލީ" ހާދިފް ބުންޏެވެ.

"އައިލެންޑް ޑިޒްނީ" ޕްރިންސަސްތަކުގެ އިތުރު މީހުންވެސް އަަދި އަންނާނެ ކަމަށް ހާދިފް ބުންޏެވެ. ލިޓްލް މާމެއިޑްގެ އޭރިއަލް އާއި ބިއުޓީ އެންޑް ދަ ބީސްޓްގެ ބެލް ވެސްް ފެނިދާނެ އެވެ. މި މީހުންނަށް ހާދިފްގެ ސްޓައިލުގައި ގެންނާނެ އެޑިޓަކަށް އިންތިޒާރު ކުރެވެ އެވެ.