ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭޝްގެ 200 މީހަކު ފޮނުވާލައިފި

ރާއްޖޭގައި ފިލައިގެން އުޅެމުން އައި ބަންގްލަދޭޝްގެ މީހުންގެ ތެރެއިން އިތުރު 200 މީހަކު ގައުމަށް ފުރުވާލައިފި އެވެ.

ބަންގްލަދޭޝް އެ 200 މީހުން ގައުމަށް ފޮނުވާލާފަައި ވަނީ މިއަދު މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ގައުމަށް ފޮނުވާލި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ސައްހަ ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް އުޅޭ މީހުނެވެ. އެފަދަ 63،000 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އެމީހުން ފޮނުވާލުމުގެ މަސައްކަތް ކުރަަމުން އަންނަ ކަމަށް ވެސް އެތައް ފަހަރަކު ބުނެފައި ވެއެވެ.

އެކި ފަހަރު މަތިން މީގެ ކުރިން ވަނީ ގައުމުގެ ހާހެއްހާ މީހުން ފޮނުވާލާފަ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ދެ ފަހަރެއްގެ މަތީން ގެންދިޔަ މީހުންނާއި މޯލްޑިވިއަންގެ ފްްލައިޓުތަކުގައި ގެންދިޔަ މީހުންނާއި ދިވެހި ސަރުކާރުން ޗާޓަރު ކުރި ފްލައިޓެއްގައި ގެންދިޔަ މީހުން ހިމެނެ އެވެ.

ރާއްޖެ އިން ކޮވިޑް އަށް ޕޮޒިޓިވް ވެފަައިވާ 1،395 މީހަކު ފެނިފައިވާއިރު އޭގެ ތެރޭގައި ބަންގްލަދޭޝްގެ 700 އެއްހާ މީހުން ވެސް ހިމެނެ އެވެ.