ދުނިޔެ

މުސްލިމަކަށް އެމެރިކާގެ ރައީސްކަމަށް އާދެވިގެން ނުވާނެ: ރިޕަބްލިކަން ކެންޑިޑޭޓް

Sep 21, 2015

"މި ގައުމުގެ އެންމެ މަތީ މަގާމަށް މުސްލިމަކު ބަހައްޓާކަށް އަހަރެން ތާއީދެއް ނުކުރަން. އެކަމަށް އެއްގޮތަކަށް ވެސް އެއްބަހެއް ނުވެނޭނެ." އެންބީސީ ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކާސަން ވިދާޅުވިއެވެ.

ކާސަން މިހެން ވިދާޅުވިއިރު، އެ ޕާޓީގެ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ވެސް ވަނީ މިފަދަ ކަމަކާ ދިމާ ވެފައެވެ. ޓްރަމްޕް ގެ ކެމްޕޭން އިވެންޓެއްގައި ސަޕޯޓަރަކު އޮބާމާ އަކީ މުސްލިމެއް ކަމަށް ބުނުމުން ޓަރަމްޕް އެ ސަޕޯޓަރު ކައިރީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ވިދާޅުވެފައި ނުވާތީ ޓްރަމްޕަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ އޮބާމާގެ ހިމާޔަތުގައި ވާހަކަ ދެއްކުމަކީ އޭނާގެ ޒިންމާއެއް ނޫން ކަމަށެވެ.

ޓީވީ ޕްރޮގްރާމުގައި ކާސަން ވިދާޅުވީ ގައުމުގެ ރައީސް އަކަށް ހުންނަ ފަރާތުގެ އަގީދާ ގާނޫނު އަސާސީ އާއި ހިލާފު ވެގެން ނުވާނެ ކަމަށެވެ. އިސްލާމްދީނުގެ އުސޫލުތައް އެމެރިކާގެ ގާނޫނު އަސާސީ އާއި ހިލާފު ވޭތޯ ސުވާލުކުރުމުން ކާސަން ވިދާޅުވީ ހިލާފުވާ ކަމަށެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ރިޓަޔާ ކޮއްފައިވާ ނާރުގެ ޑޮކްޓަރު ކާސަން އަށް ރިޕަބްލިކަނުން ގެ މެދުގައި ލިބެމުންދާ ތާއީދު ދަނީ އިތުރުވަމުންނެވެ.