ދުނިޔެ

އައިއެސް އިން ވަކިވާ ހަނގުރާމަވެރިން އިތުރު ވަނީ

Sep 21, 2015

މިގޮތަށް އައިއެސް އިން ނުކުންނަ ހަނގުރާމަވެރިންނަށް އޮންނަ އެންމެ ބޮޑު ބިރަކީ އައިއެސް ގެ އެތޭރޭގައި އެމީހުންނާއި އެކު އުޅުނު ހަނގުރަމަ ވެރިންގެ ފަރާތުން އައިސްފާނެ ބަދަލު ހިފުމުގެ ހަމަލާއެކެވެ. އަދި ގައުމަށް އެނބުރި ދިއުމުން ހައްޔަރު ކޮއްފާނެ ކަމުގެ ބިރު ވެސް މި ފަދަ ހަނގުރާމަ ވެރިންނަށް އޮވެއެވެ. މި ދެ ސަބަބާހުރެ އައިއެސް އިން ނިކުންނަ ހަނގުރާމަވެރިން ގިނައިން އުޅެނީ ފިލައިގެން ކަމަށް މި ރިޕޯޓް ބުނެއެވެ.

މި ރިޕޯޓު ބުނާ ގޮތުގައި އައިއެސް އިން ނިކުންނަ ފަރާތްތަކުން އެ ގްރޫޕާއި ބެހޭ ގޮތުން ކިޔާދޭ ވާހަކަ ތަކުގެ ސަބަބުން އަލަށް އެ ގުރޫޕަށް ވަންނަން އުޅޭ ފަރާތްތަކުގެ ނިންމުން ބަދަލު ވެދާނެއެވެ.

އައިއެސް ދޫކޮއްލި ހަނގުރާމަވެރިންގެ ވާހަކަތަކައްބަލާއިރު، ގިނަ މީހުން ފާހަގަ ކުރަނީ އެ ޖަމާއަތުގެ ހަރުކަށި ކަމެވެ. މިގޮތުން އެމީހުން ގަބޫލު ކުރާ ގޮތާއި ކުޑަ ވެސް ތަފާތެއް ހުރި ނަމަ އެމީހަކު ވަނީ މުރުތައްދަކަށް ކަމަށާއި އެމީހަކު އައިއެސް އިން މަރާލާ ކަމަށް އެކަކު ބުންޏެވެ. އަނެކަކު ބުނީ އައިއެސް އަށް އެތެރެވި ހިސާބުން ދެން ފަސްއެނބުރި ބެލުން މަނާ ކޮއްފައި އޮންނަ ވަރުން، އައިއެސްގައި އުޅުނު އިރު އިހުސާސް ކުރެވުނީ އެއީ ޖަލެއް ކަމަށް ކަމަށެވެ. އަދި އެހެނިހެން މުސްލިމުންނާ ހަނގުރާމަކޮށް މުސްލިމުން މަރަން ޖެހޭތީ އައިއެސް އިން ނިކުންނަން ބެނުންވީ ކަމަށް ބައެއް ހަނގުރާމަ ވެރިން ބުންޏެވެ. އަނެއްބައި ހަނގުރާމަ ވެރިން އައިއެސް ދޫކޮއްލީ އެމީހުން ވައުދުވި އަރާމު ދިރިއުޅުން ހޯދައި ނުދެވި، ހާލުގައި އުޅެންޖެހޭތީ އާއި، އަމިއްލަ އަށް މަރުވެގެން ހަމަލާ ދޭން ބޭނުން ނުވެގެންނެވެ.

ހައްދު ފަހަނަ އެޅުމާއި ބެހޭގޮތުން ދިރަސާ ކުރާ ސެންޓަރުގެ މި ރިޕޯޓުގައި ވާ ގޮތުން އައިއެސް އިން ނުކުމެފައިވާ ހނގުރާމަވެރިންގެ އަދަދު އެތައް ސަތޭކަ އަކަށް އަރާނެ އެވެ. އަދި މިހާރު ވެސް އެތައް ހަނގުރާމަވެރިންނެއް އައި އެސް އިން ނިކުތުމަށް މަސައްކަތް ކުރަމުންދަ ކަމަށް ވެސް މި ރިޕޯޓް ބުނެއެވެ.