ހަބަރު

ކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ބަލަނީ

މެދު އަތޮޅުތަކުގެ ރަށެއްގައި ކުޑަކުއްޖަކާމެދު ބަދަލު އަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެއް ފުލުހުން ބަލައި ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 18 އަހަރުން ދަށުގެ ކުޑަ އަންހެންކުއްޖަކު އޭނާގެ ގޭގައި ހުއްޓާ މީހަކު އެ ކުއްޖާއަށް ގޮވައި ގެއިން ބޭރަށް ނެރެ ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި ކަމަށް ބުނެ މި މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ފަހަކަށް އައި އިތުރުވަމުންދާއިރު އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މީހަކު ހައްޔަރު ކޮށްފަ އެވެ.