ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތިމާވެއްޓާ ގުޅޭ ވައިބާ ސްޓިކާޕެކެއް

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ހާއްސަ ވައިބާ ސްޓިކާ ޕެކެއް ތައާރަފްކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ފުރަތަމަ ފަހަރަށް ވައިބާ ސްޓިކާ ޕެކެއް ތައާރަފް ކޮށްފައިވަނީ ވައިބާ އަކީ ދިވެހުންގެ މެދުގައި މަގުބޫލު އެޕްލިކޭޝަނަކަށްވާތީ ކަމަށެވެ. އަދި ސްޓިކާތަކަކީ މި އެޕްލިކެޝަނުގައި އެންމެ ގިނައިން މީހުން ބޭނުންކުރާ އެކައްޗަށްވާތީ ކަމަށެވެ.

އަލަށް ތައާރަފްކުރި މި ސްޓިކާ ޕެކްގައި، ހަކަތައާއި ފެނާއި، ކުނި ނޭޅުމުގެ އިތުރުން ތިމާވެއްޓާއި ގުޅޭ އެކި މެސެޖުތައް ހިމެނެ އެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ދިމާވެފައިވަނީ ކޮވިޑް-19ގެ ސަބަބުން ގައިދުރުކަމާއި ފުރރަބަންދުގައި ގިނަ ރައްޔިތުންތަކެއް ތިބި ދުވަސްވަރެއް ކަމުން ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދަން ރާވާފައިވާ ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މީސްމީޑިއާ މެދުވެރިކޮށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.