ހަބަރު

ނާޒިމްއަފާ ފައުންޑޭޝަނުން ޑްރައިވަރުންނަށް ޕީޕީއީ ހަދިޔާކޮށްފި

ނާޒިމްއަފާ ފައުންޑޭޝަނުން ދިވެހި ޑްރައިވަރުންނަށް ޕީޕީއީ ހަދިޔާކޮށްފި އެވެ.

ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ދެކަނބަލުން ހިންގަވާ ފައުންޑޭޝަނުން ޑްރައިވަރުންނަށް 6،000 ޕީޕީއީ ވަނީ ހަދިޔާކޮށްފައެވެ.

ދިވެހި ޑްރައިވާސް އެސޯސިއޭޝަނުން ބުނީ ނާޒިމްއަފާ ފައުންޑޭޝަނުން 3000 އަންގިއާއި 2000 މާސްކު އަދި 1000 ސެނިޓައިޒާ ފުޅި ހަދިޔާކޮށްފައިވާ ކަމަށެވެ. އެ ތަކެތި އެ ޖަމިއްޔާގައި ބައިވެރިވާ 10 ޓެކްސީ ސެންޓަރަކަށް ހަވާލުކުރާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދިވެހި ޑްރައިވަރުންނަކީ ހީވާގިކަމާއެކު ގިނައިރު މަސައްކަތުގައި ހޭދަކުރަަ ބައެއް ކަމަށާ ނާޒިމްއަފާ ފަައުންޑޭޝަނުގެ ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް، ޕީޕީއީގެ 6000 އައިޓަމްސް ހަދިޔާކޮށްފައިވަނީ ކޮވިޑް-19 އާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުރިއަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.

މެލޭޝިޔާގެ ވިޔަފާރިވެރިޔާ ވިރާ ލިން ކަ ޗޮކްވެސް ނާޒިމް މެދުވެރިކޮށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 1،000 ޕީޕީއީ ކިޓާއި 60،000 ސާޖިކަލް މާސްކް ވަނީ ހަދިޔާ ކޮށްފައެވެ.