ހަބަރު

ގުޅުން ވަރުގަދަކުރެއްވުމަށް ރައީސް ޔާމީނާއި ރަސްގެފާނުގެ ބައްދަލުވުމެއް

Sep 26, 2015
1

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ސައުދީގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު އާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިނާގެ ރޯޔަލް ކޯޓުގައި މިއަދު ބޭއްވި މިބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ދެގައުމު ދޭތެރޭ އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހި ކުރުމާ މެދުގައި ކަމަށެވެ. މީގެ އިތުރުން ހައްޖުގެ ތެރޭގައި އެތައް ބަޔަކު މަރުވި ދެ ހާދިސާއަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި ސައުދީ ރަސްގެފާނަށް ހަމްދަރުދީ ފާޅުކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިދަތުރު ފުޅުގައި ރައިސް ވަނީ ސައުދީގެ ރަސްގެފާނުގެ އިތުރުން އެގައުމުގެ ޑެޕިއުޓީ ކްރައުން ޕްރިންސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ރައީސް ސައުދީއަށް މި ކުރައްވާ ދަތުރުފުޅަކީ ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.