ގިނަ އަދަދެއްގެ ޕްލާސްޓިކް ޝީޓްތަކެއް ކަނޑަށް ދޫވެ އޮޔާ ދާތީ މާލެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދެފި އެވެ.
އެމްއެންޑިއެފް އިން ބުނީ މިއަދި އިރު އޮއްސުނު އިރު އައި ބާރުގަދަ ކޮޅިގަނޑާއެކު، ގުޅީފަޅުގައި ބޭނުންކުރަމުން ދިޔަ 20 ފޫޓުގެ ގިނަ އަދަދެއްގެ ޕްލާސްޓިކް ޝީޓްތަކެއް ކަނޑަށް ދޫވެފައިވާ ކަމަށެވެ.
މި ޕްލާސްޓިކް ޝީޓްތައް ވިލިމާލެއާއި މާލެ އާއި ދޭތެރޭ އޮޔާ ދާތީ އެ ސަރަހއްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދުވަސްވަރަކީ ވިއްސާރަ އަދި ވައިބާރު ދުވަސްވަރެއް ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.